ޚަބަރު

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި


  • ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރު

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، މި މަހުގެ 16 ވަނަ ދުވަހު ނައްތައިލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރު ދަޅު ކަމަށެވެ. މި ތަކެއްޗަކީ، މިއަހަރުގެ އޭޕްރީލް މަހުގެ 4 އިން ޖޫން މަހުގެ 14އަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.

ބަނގުރާ ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފަހައްޓާ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.