ޚަބަރު

ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


  • މީހާ ފެނިފައިވަނީ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސްއަކުން

ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ފެނިފައިވަނީ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާއިންނެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މަރުވެފައި އޮތްވާ ފެނިފައިވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.

މިކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް، ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.