ތަރައްްޤީ

ޕީޕީއެމްގެ ނައިބުރައީސްކަމަށް ޓޫރިޒަމް މިނިސްޓަރު


ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އައްޔަން ކޮށްފި އެވެ.

މިނިސްޓަރު ޒަމީރު އެ މަގާމަށް އައްޔަން ކުރީ މިރޭ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގެދަށުން ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ޕީޕީއެމްގެ ނައިބުރައީސަކަށް މިރޭ މިނިސްޓަރު މޫސާ ޒަމީރު ޢައްޔަންކުރެއްވިއިރު، ދާދިފަހުން ޕީޕީއެމްގެ ރައީސްވެސް ވަނީ އެޕާޓީގެ ނައިބު ރައީސްކަމަށް ދެބޭފުޅަކު ޢައްޔަން ކުރައްވާފައެވެ.ރައީސް މައުމޫން ޢައްޔަންކުރައްވާފައިވަނީ އައިމިނަތު ނާދިރާ އާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުޙަންމަދު ވަހީދު އިބްރާހީމް (ވައްޑޭ) އެވެ.