ޚަބަރު

"ޕީ.ޕީ.އެމްގެ މައްސަލަތައް މަޝްވަރާގެ ދަށުން ޙައްލު ކުރެވޭނެ"


ޕީ.ޕީ.އެމްގެ އެތެރޭގައި ހުރި މައްސަލަތައް މަޝްވަރާގެ މަތިވެރި އުޞޫލުގެ ދަށުން ޙައްލު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދު ވެރިކަންކުރާ ޕީޕީއެމްއަށް ވަނީ ސޮއިކުރައްވާފައެވެ. އަދި ޅ. ހިންނަވަރު އެމް.ޑީ.ޕީ ކައުންސިލް މެމްބަރު ރިޝްވާން އާދަމްފުޅުވެސް ވަނީ ވެރިކަންކުރާ ޕީ.ޕީ.އެމްއާ ގުޅިވަޑައިގެންފައެވެ. އޭނާ ޕީ.ޕީ.އެމްއާ ގުޅިވަޑައިގަތީ 100 މެމްބަރުންގެ ފޯމާއިއެކުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ޅ. ހިންނަވަރު ދާއިރާ ތަމްޞީލް ކުރައްވާނީ ޕީ.ޕީ.އެމްގެ މެމްބަރަކަށް ހެއްދެވުމަކީ ޕާޓީގެ އަމާޒު ކަމަށެވެ.