ޚަބަރު

މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރ ހުޅުވައިފި


އޭރިއާ ކޮންޓްރޯލް ސެންޓަރުގެ ނަން 'މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރ'ގެ ނަމަށް ބަދަލުކޮށް އެ ސެންޓަރުގެ އިތުރު ބައެއް މިއަދު ހުޅުވައިފިއެވެ.

ބައިނަލްއަޤްވާމީ އެއަރ ޓްރެފިކް ކޮންޓޯލަރުންގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރަށް އަލަށް އިތުރުކުރި ބައި ހުޅުއްވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ އެއަރޕޯޓް ޓްރެފިކް ކޮންޓްރޯލްގެ މަސައްކަތްތައް ތަރައްޤީކުރުމަށް އެ ކުންފުނިން ބޮޑު އިސްކަމެއް ދެއްވާކަމަށެވެ.

މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރަށް އިތުރުކުރި ބަޔާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން، އެ ސެންޓަރުގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ އިބްރާހިމް ހަމީދު ވިދާޅުވީ، އަލަށް އިތުރު ކުރެވުނު ބައިގެ ސަބަބުން އެތަނުގެ މަސައްކަތް އިތުރަށް ފަސޭހަވެ ހަރުދަނާވެގެންދާނެ ކަމަށެވެ.