ކުޅިވަރު

ސާޖިނާ ލޯ މެޑަލް ހޯދައިފި


މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިންޝިޕުން ސާޖިނާ ލޯ މެޑަލް ހޯދައިފިއެވެ. 

ސްރީލަންކާގައި ކުރިއަށްދާ މިމުބާރާތުން އައިޝަތު ސާޖިނާ ލޯ މެޑަލް ހޯދީ 18 އަހަރުން މަތީގެ ބައިގައި ވާދަކޮށް 50 މީޓަރ ބްރެސްޓް ސްޓްރޯކް ކެޓަގަރީއިންނެވެ. ޤައުމީ ރެކޯޑް އާކޮށް ސާޖިނާ މެޑަލް ހޯދިއިރު މިއަދު ސާޖިނާ ރޭސް ނިންމާފައިވަނީ 37.98 ސިކުންތުންނެވެ. މިއަހަރުގެ ސައުތު އޭޝިއަން ގޭމްސްއިން ސާޖިނާގެ ދައްތަ ސަޖަން ވަނީ ރާއްޖެއަށް ލޯމެޑަލް ހޯދަދީފައެވެ. ސަޖަން އަދި ސާޖިނާއަކީ މިހާރު ރާއްޖޭގައި ތިބި އެންމެ މޮޅު ދެ އަންހެން ފެތުންތެރިންނެވެ.

ސަރަހައްދުގެ 7 ޤައުމު ވާދަކުރާ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ 23 ފެތުންތެރިން ވާދަކުރެއެވެ.