މާފަންނު މުނިޔާމަގުގައި ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ. މި ޙާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނުއެވެ.
މި ޙާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވިގޮތުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އެ އިދާރާއިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައެވެ.
މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.