ޚަބަރު

ފޯޅަވަހި ސަރަޙައްދަށް ބިންހެލުމެއް، ރާއްޖެއަކަށް އަސަރެއް ނުކުރާނެ


  • 5.4 މެގްނިޓިއުޓްގެ ބިންހެލުމެއް

  • އައްޑޫ ސިޓީއާ 933 ކިލޯމީޓަރު ދުރުން

ފޯޅަވަހި ހިމެނޭ ސަރަޙައްދަށް 5.4 މެގްނިޓިއުޑް ބިން ހެލުމެއް އަތުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ބިން ހެލުން އައިސްފައިވަނީ މިއަދު އިރުއޮއްސި 18:01 ހާއިރުކަމަށެވެ. ބިން ހެލުން އައިސްފައިވާ ސަރަޙައްދަކީ އައްޑޫ ސިޓީއާއި 933 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

5.4 މެގްނިޓިއުޑްގެ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އަބަދުވެސް އަންނަނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންނެވެ. އަދި ރާއްޖެއަށް އަސަރުކުރާ ފަދަ ކަމެއް ދިމާވެއްޖެނަމަ އެ މަޢުލޫމާތު ލަސްނުކޮށް އާއްމުންނަށް ހިއްސާކުރަމުންދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.