ޚަބަރު

އެންޑީއޭއިން ޙައްޖު ސްކީމްގައި ބައިވެރިވެއްޖެ


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ މުވައްޒަފުންގެ ޙައްޖު ސްކީމްގައި ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭ އިން ބައިވެރިވެއްޖެއެވެ.

މިސްކީމްގައި ބައިވެރިވިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. ޙައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ ސްކީމަކީ މުވައްޒަފުންގެ މަހު މުސާރައިން ވަކި ވަރެއް އުނިކޮށް ޙައްޖަށްދާން ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭ ސްކީމެކެވެ. އެގޮތުން އެމުވައްޒަފަކު އެދޭވަރަށް މުސާރައިން އުނިކުރުމަށް ފުރުޞަތު ލިބޭނެ އަދި 75 ޕަސެންޓް ހަމަވުމަށްފަހު އެމީހަކު ޙައްޖަށް ދެވޭނެ އަހަރު ކަނޑައެޅޭނެ ފުރުސަތު މިސްކީމްގެ ދަށުން ލިބިގެންދާނެއެވެ.

އެންޑީއޭ އަކީ، ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކުރައްވާފައިވާ މި ސްކީމުގައި ބައިވެރިވި 34 ވަނަ މުއައްސަސާއެވެ.

މިއެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސްއެވެ. އެންޑީއޭ ގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝަހީލްއެވެ.