ޚަބަރު

އޮޕަރޭޝަނެއްގައި އުޅުނު ފުލުހުންތަކަކަށް ހަމަލާދީފި


މަސްތުވާތަކެއްޗާގުޅޭ ޚާއްސަ އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލައި ފާސްކުރުމަށް ފުލުހުން ވަނުމުން، ބަޔަކު ފުލުހުންނަށް ޙަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނަށް ހުރަސް އަޅައި ހަތަރު ފުލުހަކަށް ހަމަލާދީފައިވަނީ ރޭ 9:45 ހާއިރުކަމަށެވެ. އަދި އެހަތަރު ފުލުހުންނަށް އެކިވަރުގެ ކުދިކުދި ހާނީއްކަ ވެފައިވާކަމަށާ، އެހެން ނަމަވެސް މާބޮޑު އަނިޔާއެއް ނުވާކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މިޙާދިސާގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށް ތުހުމަރު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. ރޭ ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނާބެހޭ މަޢުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.