ރާއްޖޭގައި ފުޅާ ދާޢިރާއެއްގައި ޞިއްޙީ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލެއް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލުގެ ޚިދުމަތް، އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް އެކަށީގެންވާ ފެންވަރަށް އެ ޚިދުމަތް ފޯރޮކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްދާން ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ޕީއެސްއެމްއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވިދާޅުވީ ޞިއްޙީ ދާއިރާގެ ހިދުމަތްތައް ކުރިއެރުވުމަށް އެޑީކޭއިން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން ރާއްޖެއިން ލިބެން ނެތް ވަޞީލަތްތައް ތަޢާރާފްކޮށް، އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަންނަ އަހަރު އެހޮސްޕިޓަލުން މިހާރު ލިބެން ނެތް އިތުރު ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އައްފާލް ވިދާޅުވިއެވެ. އެގޮތުން އޯޕަން ހާޓް ސާރޖަރީ ހެދޭ ފެންވަރުގެ ތިއޭޓަރަކާ އެކު އޮޕަރޭޝަން ދެ ތިއޭޓަރު ހިމެނޭ ގޮތަށް ތިއޭޓަރ ކޮމްޕްލެކްސްއެއް ޤާއިމްކުރަން ނިންމާފައިވާކަން ފާހަކަކުރެއްވިއެވެ. އަދި މިހާރުވެސް އޭޑީކޭ ހޮސްޕިޓަލްގައި ސާރޖަރީތައް ހެދުމުގެ ލޯޑް ބޮޑު ކަމަށާއި މި ތިން ތިއޭޓަރު ހެދުމުން އެކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށްވެސް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/9336.jpg|އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް - ފައިލް ފޮޓޯ: ޕީއެސްއެމް
"އަޅުގަނޑުމެންގެ ތިއޭޓަރު ބައެއް ފަހަރު ލޯޑް ބޮޑުވެގެންގޮސް އެބަދޭ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު އެކެއްދޭ ޖަހަންދެންވެސް، ތިއޭޓަރުން އެކިއެކި އޮޕަރޭޝަންތައް ކެނޑިނޭޅި ކުރަމުން. އެހެންކަމުން އެ ތިއޭޓަރުގެ ލޯޑް ބޮޑުވުމާއެކު އަލުގަނޑުމެންނަށް އެބަޖެހޭ އިތުރު ތިއޭޓަރުތައް ހެދުމަށް ބޭނުންވޭ. އެއީ ރައްޔިތުންނަށްވެސް އެލިބޭ ހިދުމަތްތައްވެސް ފަސޭހައިން ލިއްބައިދިނުމަށްޓަކައި ބޭނުންވާ ކަމެއްގެ ގޮތުގައި. މި ދެންނެވި ތިން ތިއޭޓަރު އެޅުމާއެކު އަޅުގަނޑުމެންގެ ތިއޭޓަރ ކެޕޭސިޓީ ފަސް ތިއޭޓާރަށް ބަދަލުވެގެންދާނެ، މިހާރު ހުރި ދެ ތިއޭޓަރާއެކު" އައްފާލް ވިދާޅުވިއެވެ.
އައްފާލް ވިދާޅުވީ އެޑީކޭ ހޮސްޕިޓަލަށް އަތޮޅުތަކުން ޚިދުމަތް ހޯދުމަށް އަންނަށް ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ޢިމާރާތްކުރަމުންދާ 10 ބުރީގެ އިމާރާތުގައި ސައުވީސް ކޮޓަރީގެ އެޕާޓްމަންޓް ބްލޮކަކާއި މުވައްޒަފުންގެ އެކޮމަޑޭޝަން ބުލޮކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.