ޚަބަރު

ކުޑަކުއްޖަކާއެކު އެއްޖިންސުން ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި


ކުޑަ ކުއްޖަކާ ގަދަކަމުން އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުގައި މާފުށިން މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން  ރޭ 19:50 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.