ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކްތައް އިތުރުކޮށް ގުޅިގެން ތަމްރީނުތައް ހިންގައި ފަންނީ ގާބިލުކަން އިތުރުކުރުމަށް ސައޫދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ ސައުދީގެ ޑިފެންސް މިނިސްޓަރ، ޕްރިންސް ހާލިދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދައުވަތަކަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ސައޫދީ އަރަބިއްޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައި.އެމް.ސީ.ޓީ.ސީ) ގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާ ބައްދަލުކުރައްވައެވެ.
މި ބައްދަލުކުރެއްވުމުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ހިންގައި ދެފަރާތުގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
His Excellency Hassan Rasheed, Minister of Defence and National Service, met with Major General Abdullah bin Hamed Al-Qurashi, Deputy Military Commander of the Islamic Military Counter Terrorism Coalition (IMCTC), during his official visit to the Kingdom of Saudi Arabia at the… pic.twitter.com/f9M189DAWl
— Ministry of Defence and National Service (@MoDmv) June 30, 2026
މީގެ އިތުރުން، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރިމަތިވަމުންދާ ސަލާމަތީ ނުރައްކާތަކަށް ހަރުދަނާކަމާއެކު ކުރިމަތިލުމަށްޓަކައި އިސްތިރާޖީ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ސުލްހަމަސަލަސްކަމާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމުން ކުރާ މަސައްކަތްތައް މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.