ޚަބަރު

ޙަބަރެއް ނުވެގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ


ކަންނެލި މަސްވެރިކަމަށް އުޅެނިކޮށް، ޙަބަރެއް ނުވެގެން ހޯދަމުންދިޔަ "ފުރުސަތު" ނަމަކަށް ކިޔާ ދޯނީގެ ޚަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިރޭ 19:18 ހާއިރު، މިދޯނީހެ ޚަބަރެއް، އެދޯނީގެ ވެރިފަރާތަށް ވެފައިވާކަމަށެވެ. މި މަހުގެ 12 ވީ ބުދަ ދުވަހުގެ ހެނދުނުގެ 10:00 ގައި ރ.އަތޮޅު ތެރެއިން މަހަށް ނިކުތް މި ދޯނީގެ ޚަބަރެއް ނުވެ ހަތަރު ދުވަސްވީ ފޯނުގެ ރޭންޖަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތުދޭކަމަށާއި އަދި މި ދޯނި މިހާރު ދަތުރުކުރަމުން ދަނީ ޅ.އަތޮޅަށް ކަމުގައި ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.