ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ހިއްސާ 2017ގެ މެދުތެރޭ ވިއްކަން ފަށަނީ


އުރީދޫ މޯލްޑިވްސްގެ ހިއްސާ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ވިކަން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ ހިއްސާ ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް އެކުންފުނިން މިހާރުވާން ފަށާފައިވާ ކަމަށެވެ. ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަ ވެގެން މީހަކަށް ހިއްސާ ގަނެވޭނެ އަދަދު އަންނަ އަހަރުގެ އޭޕްރިލް މަހު އާއްމު ކުރާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. ހިއްސާ ގަނެވޭނެ އަދަދު އާންމުކުރާތާ 14 ދުވަސްތެރޭ އާންމުކޮށް ހިއްސާ ގަންނަން ހުޅުވާލާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫގެ ހިއްސާ ދިވެހިންނަށާއި، ދިވެހި ކުންފުނިތަކާ ބޭރު ކުންފުނިތަކަށް ވެސް ވިއްކުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އުރީދޫ ގްރޫޕަކީ ޓެލެކޮމް ދާއިރާ ދުނިޔޭގައި އެންމެ ފުންނާބު އުސް އެއް ކުންފުންޏެވެ.