ޚަބަރު

ޝޮޓް ޕުޓްގެ ގައުމީ ރިކޯޑް ޝާޔާ އައުކޮށްފި


  • އޭނާ ގައުމީރިކޯޑް އައުކުރީ 10.20 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެން

  • މިއީ އޭނާގެ ކުރީގެ ރިކޯޑަށްވުރެ 40 ސެންޓިމީޓަރުގެ ކުރިއެރުމެއް

ޝޮޓް ޕުޓްގެ ގައުމީ ރިކޯޑް އާއިޝަތު ޝާޔާ ޝަފީއު އައުކޮށްފިއެވެ.

އޭނާ މި ރިކޯޑް އައުކުރީ މިހާރު ކުރިއަށްދާ 35 ވަނަ ގައުމީ އެތްލެޓިކްސް މުބާރާތުގައި ވާދަކޮށް، 10.20 މީޓަރަށް ޝޮޓް ޕުޓް އެއްލައިގެންނެވެ. މީގެ ކުރިންވެސް މި ރިކޯޑް ދަމަހައްޓަމުން އައި ޝާޔާގެ ކުރީގެ ރެކޯޑަކީ 9.80 މީޓަރެވެ.

މިއަހަރުގެ މުބާރާތުގައި އޭނާ ރިކޯޑް އައުކޮށްފައި މިވަނީ ކުރީގެ ރިކޯޑަށްވުރެ 40 ސެންޓިމީޓަރު ދުރަށް އެއްލައިގެންނެވެ. ކުރީގެ ރިކޯޑް އޭނާ ހަދާފައިވަނީ ފާއިތުވެދިޔަ އަހަރުގެ އޯގަސްޓްމަހު ކުރިއަށްދިޔަ ގައުމީ ޗެންޕިއަންޝިޕުގެ ތެރެއިންނެވެ.

35 ވަނަ ގައުމީ އެތްލެޓިކްސް މުބާރާތް ކުރިއަށްދަނީ މިމަހުގެ 18 އިން 26 ގެ ނިޔަލަށް މާފަންނު ކުޅިވަރު އެކުވެނީގައެވެ. މިމުބާރާތުގައި 19 ކުލަބަކުން 153 އެތްލީޓުން ވާދަކުރެއެވެ. އެއީ 56 އަންހެން އެތްލީޓުންނާއި 97 ފިރިހެން އެތްލީޓުންނެވެ.