ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ނެދަލެނަޑްސް - ސްވިޑަން

  • ސްޓޭޑިއަމް: ހިއުސްޓަން ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި:22:00

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އެފް ގައި މިރޭ ނެދަލޭންޑްސް އާއި ދެކޮޅަށް ސްވިޑަން ނިކުންނައިރު މުބާރާތުގެ ފުރަތަމަ މެޗުން ސްވިޑަން ވަނީ 5-1 ގެ ނަތީޖާއަކުން ޓިއުނީޝިޔާ ބަލިކޮށްފަ އެވެ އެވެ. ނަމަވެސް ނެދަލޭންޑްސް އާއި ޖަޕާން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ނެދަލޭންޑްސް އާއި ސްވިޑަން ވަނީ ދުނިޔޭގެ ފުޓްބޯޅައިގައި އެތައް ފަހަރު މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑްކަޕް ކޮލިފައިންގެ އިތުރުން ޔޫރޯ ފުޓްބޯޅަ މުބާރާތާއި އެކުވެރިކަމުގެ މެޗުތައް ހިމެނެ އެވެ.

މި ދެ ޓީމު މިހާތަނަށް ބައްދަލުކޮށްފައިވާ މެޗުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އަދިވެސް އެވާހަކައެއް ދައްކަމުންދަނީ 1974 ވަނަ އަހަރު ވެސްޓް ޖަރމަނީގައި ބޭއްވި ފީފާ ވޯލްޑްކަޕްގައި ފެނިގެންދިޔަ ކްރައިފް ޓާރން އެވެ.

ނެދަލޭންޑްސް އާއި ދެކޮޅަށް ސްވިޑަން ކުޅޭ މި މެޗު ކާމިޔާބުކޮށްގެން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ސްވިޑަން އަށް ކަށަވަރުކުރެވިގެންދާއިރު ނެދަލޭންޑްސް އަށް މި މެޗުން ތިން ޕޮއިންޓު މުހިންމު ވަނީ ގްރޫޕްގެ އެއްވަނަ މަގާމް ހޯދުމުގެ ވާދަވެރިކަމުގަ އެވެ.

މި މެޗަށް ނިކުންނައިރު ނެދަލޭންޑްސްގެ ކޯޗު ރޮނަލްޑް ކޫމަން ބުނެފައިވަނީ މި މެޗަށް ނިކުންނައިރު އޭނާ އެންމެ ބޮޑަށް އިސްކަން ދޭނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކުޅުންތެރިންތަކެއް ހިމަނައިގެން ޓީމު އެކުލަވާލަން ކަމަށެވެ.

ސްވިޑަންގެ ކޯޗު ގްރަހަމް ޕޮޓަރ ބުނެފައިވަނީ ޓިއުނީޝިޔާ އާއި ދެކޮޅަށް ކުޅުނު މެޗުން ޕޮޒިޓިވް ގިނަ ކަންތައްތަކެއް ފެނިގެންގޮސްފައިވާތީ މި މެޗަށް ނިކުންނައިރު ކުޅުންތެރިންނަށް އޮތް އިތުބާރު ބޮޑު ކަމަށެވެ. ނަމަވެސް ނެދަލޭންޑްސް އަކީ ޓީއުނީޝިޔާއާ އަޅާބަލާއިރު ހުނަރުގެ ގޮތުންވެސް އަދި މި ފެންވަރުގެ ފުޓްބޯޅައަށް ބަލާއިރުވެސް ތަފާތު ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށެވެ.

ނެދަލޭންޑްސް އިން މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެ ހުރި މިޑްފީލްޑާރ މެމްފިސް ޑިޕޭ އަނިޔާއިން ރަނގަޅުވެފައިވާއިރު އޭނާ މި މެޗުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ކޯޗު ކޫމަން ވަނީ ބުނެފަ އެވެ.