ކުޅިވަރު

އިރާން ޓީމު އެމެރިކާ އަށް ދިއުމުން މުޒާހަރާ ކޮށްފި


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއުޒީލޭންޑާ ދެކޮޅަށް ކުޅޭ މެޗަށް އީރާނުގެ ޓީމު އެމެރިކާ އަށް ދިއުމުން އެ ގައުމުގައި ތިބި އިރާން ދަރިކޮޅުގެ ބައެއް މީހުން ނުކުމެ މުޒާހަރާ ކޮށްފި އެވެ.

އިރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިރު މިއީ މާޗު މަހު ހަމަލާދޭން ފެށި ފަހުން އިރާން ޓީމު އެމެރިކާ އަށްދިޔަ ފުރަތަމަ ފަހަރެވެ.

ޓީމަށް ފުލް ސެކިއުރިޓީ ދީފައިވާއިރު ލޮސް އެންޖެލެސް އެއާޕޯޓުގައި އެންމެ ފާހަގަ ކުރެވުނީ އެމެރިކާގައި ދިރިއުޅޭ އިރާން ދަރިކޮޅުގެ މަދު ބަޔަކު ނުކުމެ މުޒާހަރާ ކުރި ތަނެވެ.

"އިރާނުގައި (މިސުރުގެ މުހައްމަދު) ސަލާހް ފަދަ ކުޅުންތެރިއަކު) ނެތް. (ޖަރުމަނުގެ ތޯމަސް( މުލާ ފަދަ މީހަކު ނެތް. އިރާނުގެ ހަރުކަށި ސަރުކާރު ބަދަލު ކުރެވޭނީ އިރާން މީހުންނަށް،" މުޒާހަރާ ކުރަމުންދިޔަ މީހުން ގޮވަމުންދިޔަ އެވެ.

އެމެރިކާގައި ތިބުމަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ނުދިނުމުން އިރާން ޓީމު ކޭމްޕް ކޮށްފައިވަނީ މެކްސިކޯގައި އެމެރިކާއާ ގާތުގަ އެވެ. އެ ތަނުގައި ތިބެފައި މެޗު ކުޅެން އައިސް ޓީމު ތިބޭ ހޮޓަކަށް އެއާޕޯޓުން ބަހުގައި ދެވޭނީ 15 މިނިޓުންނެވެ. މިރޭ ފަތިހު ކުޅޭ މެޗަށް ފަހު އިރާން ޓީމު އެނބުރި މެކްސިކޯ އަށް ދާނެ އެވެ.

ވޯލްޑް ކަޕުގައި އިރާން ހިމެނެނީ މިސުރާއި ބެލްޖިއަމާއި ނިއުޒީލޭންޑާއެކު ގްރޫޕް ޖީގަ އެވެ.