ވިޔަފާރި

އުރީދޫ މޯލްޑިވްސްއިން އާންމުންނަށް ހިއްސާ ވިއްކަން ނިންމައިފި


އުރީދޫ މޯލްޑިވްސް ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އާންމުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކުމަށް ނިންމައިފިއެވެ.

އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ހިންގާ މުއާސަލާތީ ކުންފުނި އުރީދޫ މޯލްޑިވްސް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މައުލޫމާތު ދެއްވާ ގޮތުގައި، އަލަށް ލިސްޓުކުރާ ކުންފުނިތަކުން ހިއްސާ ވިއްކުމަށް ތައްޔާރުވުމަށް މުއްދަތެއް ނަގާނެ ކަމަށެވެ. އެގޮތުން އުރީދޫ މޯލްޑިވްސްގެ ހިއްސާ އަންނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަސްތެރޭ އާއްމުންނަށް ވިއްކަން ފަށާނެ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ލަފާކުރެއެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިހާރު 10 ކުންފުނި ލިސްޓްކުރެވިފައިވެއެވެ. މީގެ ތެރޭގައި އުރީދޫ މޯލްޑިވްސް އާއިއެކު އަމިއްލަ 3 ކުންފުނި ހިމެނޭކަން ފާހަގަކޮށްލެވެއެވެ.