ގދ. ގައްދޫން މަހަށް ގޮސް އުޅެނިކޮށް ގެއްލުނު މީހަކު ނިޔާވެއްޖެއެވެ.
މަހަށް ގޮސް އެން ދަމަން ފޭބި ފަހުން ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނިފައިވަނީ ގދ. ގައްދޫ އޭޝިޔާ، އުމުރުން 44 އަހަރުގެ އިސްޙާޤު ރަޝީދުއެވެ.
ފުލުހުން ވިދާޅުވީ އިސްޙާޤު ރަޝީދު ގެއްލިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 05:40 އެހައިކަންހާއިރުކަމަށެވެ. އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވާ ފެނިގެން ގދ. ގައްދޫ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ މައުލޫމާތުދެއްވާފައެވެ.
ގައްދޫ ކައުންސިލުން ވިދާޅުވީ އިސްޙާޤު ރަޝީދު ގެއްލުނީ އެރަށްކައިރީ އޮންނަ މާވެއްދޫ މައިފަރު ބޭރުގައި އެންދަމަން ފައިބައިގެން އުޅެނިކޮށްކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.