ވިޔަފާރި

އެސްޓީއޯއިން ލަންކާގެ ކުންފުންޏަކާގުޅިގެން ބޭސް އެތެރެކުރަނީ


ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ލަންކާގެ ހޭމާސް ފާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ ކޮލިޓީ ބޭސް ލިބިގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރައްވައެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވުމަށްފަހު އެސްޓީއޯގެ ޗީފް ފައިނޭންސިން އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ، މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކޮލިޓީ ބޭސް ފޯރުކޮށްދެއްވުން ކަމަށާއި، އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަރަށް އަވަހަށް ބޭސް ލިގެންދާނެ ކަމަށެވެ.

މިހާދު ވިދާޅުވީ، ރާއްޖޭގެ މުޖްތަމައަކީ ކުޑަ މުޖުތަމައަކަށް ވުމުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ ބޭސް އުފައްދާ ކުންފުނިތަކާ ސީދާ ގުޅުން އެއީ އެހާ ފަސޭހަ ކަމެއް ނޫންކަމަށެވެ. އަދި ހޭމާސް ފާމަސޫޓިކަލް ކުންފުންޏަކީ، މިފަދަ ބޭސްތައް އުފައްދާ ކުންފުނިތަކާ ގުޅިފައިވާ ކުންފުންޏެއްކަން މިހާދު ފާހަގަކުރެއްވިއެވެ.

ހޭމާސް ފާމަސޫޓިކަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ ފައިނޭންސް، އޭކޭ ނިސާންކާއެވެ.