ޚަބަރު

މަރުހޫމް ޞިއްދީޤު ޢަލީގެ ޢާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • ޞިއްދީޤުވަނީ ދިވެހި ދައުލަތަށް 31 އަހަރު ޚިދުމަތްކުރައްވާފައި

  • މީދޫގެ އިސް މަޤާމުތަކެއް ފުރުއްވި

ދިވެހި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ދ.މީދޫ ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޞިއްދީޤުއަކީ ދ.މީދޫގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. މީދުއަށާއި ދިވެހި ދައުލަތަށް އިޚްލާސްތެރިކަމާއެކު ދިގުމުއްދަތެއްގައި ޞިއްދީޤު ކުރައްވަފައިވާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޞިއްދީޤު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގައި ލެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.