ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ނައިބު ރައީސްއަކަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކޮށްފިއެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީގެ ނައިބު ރައީސްއަކަށް އިންތިޚާބުކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދަކީ، އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، ޖޭއެސްސީގެ މެންބަރުންކަމަށް އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންއަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އެ ކޮމިޝަނުގެ ރައީސަކީ އަލްއުސްތާޛު އަލްއުސްތާޛު ޙުސްނީ މުބާރިކްއެވެ.