ފްރެންޗް އޯޕަން ޓެނިސް މުބާޜާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ޖޮއާއޯ ފޮންސޭކާ އާއި އެލެކްޒެންޑަރ ޒްވެރޭވް ހޯދައިފި އެވެ.
ބްރެޒިލް އަށް އުފަން އުމުރުން 19 އަހަރުގެ ފޮންސޭކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ 15 ވަނަ އަށް ސީޑު ކޮށްފައިވާ ކެސްޕަރ ރޫޑް އާއި ދެކޮޅަށް ކުޅުނު މެޗު ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގައި ކުއާޓަރ ފައިނަލުގެ ޖާގައެއް ފޮންސޭކާ ހޯދި މެޗުގެ ސެޓުތައް ނިމިގެންގޮސްފައިވަނި 7-5, 7-6, 5-7 އަދި 6-2 އިންނެވެ.
ފޮންސޭކާ ވަނީ މި މުބާރާތުގެ ތިންވަނަ ބުރުގައި 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ސަރބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކުރުމަށްފަހުގަ އެވެ.
މި މުބާރާތުގައި ދެވަނަ އަށް ސީޑު ކޮށްފައިވާ އެލެކްޒެންޑަރ ޒްވެރޭވް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޖެސްޕަރ ޑިޔޮންގް އާއި ދެކޮޅަށް ކުޅުނު މެޗު 7-6, 6-4 އަދި 6-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.