ޚަބަރު

ކައުންސިލް އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓް އާއްމުކޮށްފި


ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓް އާއްމުކޮށްފިއެވެ.

މި ލިސްޓް މިއަދު އާޢްމުކުރުމާއެކު ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށާއެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުޅުވާލައްވާފައެވެ. އެ ކޮމިޝަނުން ވިދާޅުވީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާކަމަށެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 14 ވަނަދުވަހުއެވެ. އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިމަހުގެ 26 ވަނަދުވަހު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 561 ރަށު ކައުންސިލަރުންނާއި 67 އަތޮޅު ކައުންސިލަރުންނާއި 23 ސިޓީ ކައުންސިލަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވެއެވެ.