ޚަބަރު

އުރަމަތީގެ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރަނީ


އުރަމަތީގެ ކެންސަރު ބައްޔާއި ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކެންސަރ ސޮއިސައިޓީ އޮފް މޯލްޑިވްސްއިން ފަށައިފިއެވެ.

"ބްރެސްޓް ކެންސަރ އެވެއާރނެސް މަންތު"ގެ ނަމުގެ ފެށި ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ކެންސަރު ސޮސައިޓީގެ ޗެއާޕަރސަން ޖުވޭރިޔާ ސައީދު ވިދާޅުވީ އޮކްޓޯބަރު މަހަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމުތައް ހިނގާ މަހެއް ކަމަށާއި ރާއްޖޭގައި ވެސް މިކަން ވަރަށް ފުރިހަމައަށް ގެންދިޔުމަށް ރާވަފައިވާ ކަމަށެވެ. މިގޮތުން މި ޕްރޮގްރާމްގެ ތެރެއިން ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ކެއަރ ސޮސައިޓީއާއި ގުޅިގެން މިއަދު ވަނީ ޓީޓީ ކުޅިވަރުގެ ހަރަކާތް ތަކެއް ހުރަވީ ބިލްޑިންގައި ބާއްވާފައެވެ. މީގެ އިތުރުންވެސް އިތުރު ޕްރޮގްރާމްތަކެއް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޖުވޭރިއާ ވިދާޅުވިއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަކީ 2012 ވަނަ އަހަރު އުފެދުނު މަދަނީ ޖަމިއްޔާއެކެވެ. އެ ސޮސައިޓީގެ މައިގަނޑު މަޤްސަދަކީ ކެންސަރު ބައްޔާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން ކަމަށް އެ ފަރާތުން ހާމަކުރެއެވެ.