ދާޚިލީ ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ފަހުމުނާމާއަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާއާ ދެމެދު، ދާހިލިީ ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، ވަސީލަތްތަކާއި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މިސްރުގެ މިނިސްޓްރީ އޮފް އިންޓީރިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ޑެޕިއުޓީ މިނިސްްޓަރ ފޯރ ޕަބްލިކް ސެކިއުރިޓީ އަދި ހެޑް އޮފް ދަ ސުޕްރީމް ކައުންސިލް އޮފް ދަ ޕޮލިސް، ޖެނެރަލް މަޙްމޫދު އަބޫ އަމްރާއެވެ.
މިމަހުގެ 17 އިން 21 އަށް ކޮމިޝަނަރ އޮފް ޕޮލިސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދާޚިލީ ސަލާމަތީ ޚިދުމަތުގައި ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ތަމްރީނު ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ރަސްމީ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވެއެވެ.