"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގުރޫޕް 3 ގެ ފަހު މެޗުގައި ތާޖުއްދީން ސްކޫލް ބަލިކޮށް، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އދ.އަތޮޅު ތައުލީމީ މަރުކަޒު ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއިންނެވެ.
މެޗު ފެށައިގެން، ދެޓީމުންވެސް ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން، މެޗުގެ ކުރީކޮޅު ލީޑު ނަގާނެ ގިނަ ފުރުސަތުތަކެއް ދެޓީމަށްވެސް ލިބިގެންދިޔައެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް، ފުރަތަމަ ހާފްއާ އެއްގޮތަށް ފެނިގެންދިޔައީ ފޯރިގަދަ އެޓޭކިންގ ކުޅުމެކެވެ. މިހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެފައިވަނީ އދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުތެރެއަށް ވައްދާލައިގެން އދ.އަތޮޅު ތައުލީމީ މަރުކަޒުން މެޗުގެ ލީޑު ނަގާފައިވަނީ 37 ވަނަ މިނެޓުގައެވެ.
އދ.އަތޮޅު ތައުލީމީ މަރުކަޒުން ލީޑު ނެގުމާއެކު، ތާޖުއްދީން ސްކޫލުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު، އދ.އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައިވަނީ ގުރޫޕް 3 ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ވަނީ ކުޅުނު 3 މެޗުންވެސް މޮޅުވެ، 9 ޕޮއިންޓު ހޯދާފައެވެ. ތާޖުއްދީން ސްކޫލުން 2 މެޗު ކާމިޔާބުކޮށް، ދެވަނަ ބުރަށް ގޮސްފައިވަނީ ގުރޫޕް 3 ގެ ދެވަނަ ޓީމުގެ ގޮތުގައި، 6 ޕޮއިންޓާއެކުއެވެ.
މި ގުރޫޕްގެ 3 ވަނަ ލިބިފައިވާ ހުރާ ސްކޫލުން ވަނީ ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލް ބަލިކޮށް، 3 ޕޮއިންޓު ހޯދާފައެވެ. ގުރޫޕުގެ ފުލުގައި އެޓީމު އޮތީ ޕޮއިންޓެއް ނުލިބިއެވެ.