ކުޅިވަރު

އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ގްރޫޕް އޭގަ


8 ވަނަ އީ ސްޕޯޓްސްވަރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ގްރޫޕް އޭގައި ލައްވާލައިފިއެވެ. 

މިއަދު އިންޑޮނީޝިއާގެ ޖަކާޓާގައި ނެގި ޑްރޯއަށް ފަހު ގްރޫޕް އޭގައި ރާއްޖެއާއެކު ދެންހިމެނުނީ ސަރބިއާ، މިސްރު، އިންޑޮނީޝިއާ، ވިއެޓްނާމް އަދި ބްރެޒިލްއެވެ. ތިން ގޭމެއްމުބާރާތުގައި ކުރިއަށްދާއިރު، ރާއްޖެއިން ވާދަކުރަނީ "ކައުންޓަރ ސްޓްރައިކް" ގައި އެކަންޏެވެ. 4 ގްރޫޕަކަށް ޤައުމުތައް ބަހާލާފައިވާއިރު ދެވަނަ ބުރަށް ދާނީ ކޮންމެގްރޫޕަކުންވެސް ގްރޫޕްގައިވާ ހުރިހާ ޤައުމަކާ ވާދަކޮށް އެންމެ ކުރިލިބޭ ދެ ޤައުމެވެ. މުބާރާތުގެ ފެށުމުގެ ރަސްމިޔާތު މާދަމާ ބާއްވާއިރު، މެޗްތައް ފަށާނީ ހުޅުވުމުގެ ރަސްމިއްޔާތައްފަހު މާދަމާއެވެ. ދިވެހި ރާއްޖޭގެ ކައުންޓަރ ސްޓްރައިކް ޓީމްގައިހިމެނެނީ ފަސް ކުޅުންތެރިންނާ ހަތަރު އޮފިޝަލުންނެވެ.

އީސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕް މިދިޔަ އަހަރު ބާއްވާފައިވަނީ ދިވެހިރާއްޖޭގައެވެ. އެމުބާރާތް ކުރިޔަށް ގެންދިޔައީ ބަނޑޮސް އައިލެންޑް ރިޒޯޓްގައެވެ.