ވިޔަފާރި

ޑިސެމްބަރުމަހު އައްޑޫސިޓީ ގަމަށް ސްރީލަންކަންގެ ދަތުރުތައް ފަށަނީ


ޑިސެމްބަރު މަހުން ފެށިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަންގެ ދަތުރުތައް ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

ސްރީލަންކަން އެއަރލައިންސްއާއި ހަވާލާދީ ލަންކާ ބިޒްނަސް އޮންލައިންގައިވާގޮތުން، އެ އެއަރލައިނުން ޝެޑިއުލް ދަތުރުތައް ފަށާ އައު ދެ މަންޒިލްގެ ގޮތުގައި އިންޑޮނޭޝިއާގެ ޖަކާޓާއަށާއި، އައްޑޫސިޓީގެ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ސްރީލަންކަން އެއަރލައިންސުން ހަފްތާއަކު 4 ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކުގައި ބޭނުން ކުރާނީ އޭ-320 މަރުކާގެ ބޯޓެކެވެ.

ގަމުން ކޮލޮމްބޯއަށް ފަށާ ދަތުރުތަކުގެ ޓިކެޓް ރިޒަރވޭޝަން ހެދުމުގެ ފުރުސަތު ސްރީލަންކަން އެއަރލައިންސުން މިހާރުވަނީ ހުޅުވާލާފައެވެ.