ޚަބަރު

އެލިއާއިން އެމް.އެން.ޑީ.އެފަށް 2 ސްޕެއަރ އިންޖީނު ހަދިޔާކޮށްފި


އެމް.އެން.ޑީ.އެފުން ފޯރުކޮށްދޭ ސީ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެލިއާ އިންވެސްޓްމެންޓްގެ ފަރާތުން އެމް.އެން.ޑީ.އެފަށް 2 ސްޕެއަރ އިންޖީނު ހަދިޔާކޮށްފިއެވެ. img:http://s1.psmnews.mv/images/660x400/14756869752948.jpg|އެލިއާ އިންވެސްޓްމެންޓްގެ ފަރާތުން އެމް.އެން.ޑީ.އެފަށް 2 ސްޕެއަރ އިންޖީނު ހަދިޔާކުރުން - ފޮޓޯ: އެމްއެންޑީއެފް

މިއަދު މާބްލް ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ފަރާތުން އިންޖީނުތަކާ ޙަވާލުވެވަޑައިގެންފައިވަނީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. އެލިއާގެ ފަރާތުން އެމް.އެން.ޑީ.އެފާ އިންޖީނު ޙަވާލުކޮށްދެއްވީ އެލިއާ އިންވެސްޓްމެންޓްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަލާއު ޢަލީއެވެ.  

މިއީ އެމް.އެން.ޑީ.އެފުން ފޯރުކޮށްދެއްވަމުން ގެންދަވާ ސީ އެންބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ރިޒާރވް އިންޖީންގެ ގޮތުގައި ބޭނުން ކުރެއްވުމަށް ހަދިޔާ ކުރެއްވި 2 އިންޖީނުކަމަށް އެލިއާ އިންވެސްޓްމެންޓުން މައުލޫމާތުދެއެވެ. އެން.އެން.ޑީ.އެފްގެ ސީ އެންބިއުލާންސް ލޯންޗްތަކަށް އިންޖީނު ހޯދާފައިވަނީ އެލިއާ އިންވެސްޓްމެންޓާ ޙަވާލުކޮށްގެންނެވެ. އެގޮތުން 12 ލޯންޗަކަށް 24 އިންޖީނު އެލިއާ އިންވެސްޓްމެންޓާ ހަވާލުކޮށްގެން އެން.އެން.ޑީ.އެފުން ހޯދާފައިވެއެވެ.