ސްޕޭނާއި އިރާގު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފި އެވެ.
މި މެޗު ކުޅޭނީ ޖޫން މަހުގެ 4 ވަނަ ދުވަހު އެވެ. ސްޕޭނުން ބުނީ މުބާރާތުގެ ފުރަތަމަ މެޗަށް މެކްސިކޯ އަށް އެ ގައުމުން ފުރާނީ މި މެޗަށް ފަހު ކަމަށެވެ. މެޗު ކުޅެން ހަމަޖައްސާފައިވަނީ ސްޕޭނުގަ އެވެ.
"މި މެޗަކީ ތައްޔާރުވާން ލިބޭނެ އެންމެ ފަހު ފުރުސަތު. އަހަރުމެން ބޭނުންވަނީ މި މެޗުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަން. ވޯލްޑް ކަޕަށް ދާންވާނީ ހުރިހާ ގޮތަކުން ވެސް ތައްޔާރު ވެގެން،" ކޯޗު ލުއިސް ޑެލަފުއެންޓޭ ބުންޏެވެ.
ވޯލްޑް ކަޕުގައި ސްޕޭން ހިމެނެނީ ކޭޕްވާޑޭ އާއި ސައޫދީ އަރަބިއާ އާއި އުގުރުއޭއާ އެކު ގްރޫޕް އެޗްގަ އެވެ. އިރާގު ހިމެނެނީ ފްރާންސާއި ސެންގާލާއި ނޯވޭއާއެކު ގްރޫޕް އައިގަ އެވެ.
މުބާރާތަށް ހަފުތާއަކަށް ވާ ފަހުން ގައުމުތަކުން މެޗުތައް ކުޅެން ބޭނުންވަނީ ޔޫރަޕުގެ ލީގުތައް ނިމި ހުރިހާ ކުޅުންތެރިންނާއެކު މެޗެއް ކުޅުން މުހިންމު ކަމަށް ދެކި އެވެ.