ޚަބަރު

ޕެނަލްޓީގައި މުލައް ބަލިކޮށް، ކުޑަހުވަދޫ ފައިނަލަށް


  • މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން އެއްވަރުވެގެން

  • ކުޑަހުވަދޫއިން ޝޫޓްއަުޓް ކާމިޔާބުކުރީ 3-4 އިން

  • ފައިނަލުގައި ކުޑަހުވަދޫ މާދަން ނިކުންނާނީ ދ. މީދޫއާ ދެކޮޅަށް

ޕެނަލްޓީގައި މުލައް ބަލިކޮށް، ކުޑަހުވަދޫއިން ސެންޓްރަލް ލީގު ޒޯން 2 ގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ. ކުޑަހުވަދޫ މި މެޗު ކާމިޔާބުކޮށްފައި ވަނީ، ޕެނަލްޓީ ޝޫޓްއަޓުގައި 3-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި، ލީޑު ނެގީ މުލަކުންނެވެ. މެޗުގެ 2 ވަނަ މިނެޓުގައި އެޓީމުން މި ގޯލު ކާމިޔާބުކުރީ ލިބުނު ކޯނަރަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އިތުރު ގޯލެއް ފެނިގެން ނުދިޔަ ނަމަވެސް، ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

ކުޑަހުވަދޫއިން ވަނީ ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނެވެ، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ، ކުޑަހުވަދޫ ކުޅުންތެރިން، މުލަކު ކީޕަރު ކައިރިން ދެފަހަރަށް ބީޓުކޮށްފައި ދިން ޕާހަކުން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ގޯލެކެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނި، ގިނަ ހަމަލާތަކެއް އުފައްދާފައިވީ ނަމަވެސް، އިތުރު ގޯލެއް ފެނިގެން ނުދެއެވެ. އެހެންކަމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޝޫޓްއަޓުގައި ކުޑަހުވަދޫއިން 4 ޕެނަލްޓީވެސް ކާމިޔާބުކުރިއިރު، މުލަކުގެ ފަހު ޕެނަލްޓީ ގޮސްފައި ވަނީ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެހެންކަމުން، 3-4 ގެ ނަތީޖާއަކުން ޝޫޓްއަޓް ކާމިޔާބުކޮށް، ފައިނަލަށް ގޮސްފައި ވަނީ ކުޑަހުވަދޫއެވެ.

މި ޒޯންގެ ފައިނަލް މެޗު ކުޅޭނީ މާދަމާއެވެ. ފައިނަލުގައި ކުޑަހުވަދޫއާ ދެކޮޅަށް ނުކުންނާނީ ދ. މީދޫ އެވެ. މީދޫ ފައިނަލަށް ގޮސްފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ކުޅުނު ސެމީ ފައިނަލުގައި 1-2 ގެ ނަތީޖާއަކުން ފ. ނިލަންދޫ ބަލިކޮށްގެންނެވެ.