ނުސުކްއަކީ ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ކަންކަން ހަމަޖެއްސުމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން 2022 ވަނަ އަހަރު ތަޢާރަފުކުރި ޑިޖިޓަލް ޕްލެޓްފޯމެވެ.
މިއީ ޙައްޖާ އުމުރާގެ އިންތިޒާމްތަކަށް ބޭނުންވާ ހުއްދަތައް ފަސޭހަކަމާއެކު ނެގުމާއި، ބޭނުންވާ މަޢުލޫމާތާއި ހޭކުންތެރިކަން އިތުރުކުރުމަށް ތަޢާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. ޙައްޖުވެރިންނާ ގުޅޭ އެންމެހާ ކަންކަން މި ޕްލެޓްފޯމުން ފަހިކޮށްދީފައިވެއެވެ.
ޖުމުލަކޮށް ބަލާއިރު ހައްޖާއި އުމްރާގެ އެންމެހާ ކަންކަން މި ޕްލެޓްފޯމުން ފުރިހަމަކުރެވެއެވެ.
• ޢުމްރާއާއި ޙައްޖުގެ ހުއްދަތައް ނެގުން (ވިސާ، ދަތުރު، އަޅުކަމާގުޅޭ)
• ޑިޖިޓަލް ހުއްދަތައް ޕްލެޓްފޯމްގެ ތެރެއިން ބެލެހެއްޓުން
• ޙާޖީންގެ ފްލައިޓާއި ހޮޓާލާއި ދަތުރުފަތުރާ ގުޅޭ މަޢުލޫމާތުތައް
• ބައިބޯ ސަރަޙައްދުތަކާއި ޙާޖީންގެ ހަރަކާތްތައް ވަގުތުން ވަގުތައް ބެލުން
• އަޅުކަމާ ގުޅޭ ޚިދުމަތްތަކަށް ރަޖިސްޓަރވުން
• ހޭލުންތެރިކަމާ ގުޅޭ އެންމެހާ މަޢުލޫމާތުތައް
މީގެ އެންމެ ބޮޑު ބޭނުމަކީ ޙައްޖުވެރިންގެ ކަންކަން ވަކި ތަރުތީބަކުން ރާވާ، އެ ތަނަކުން މި މަޢުލޫމާތުތައް ލުއިފަސޭހަކަމާއެކު ފެންނާނެ އިންތިޒާމްތަކެއް ހަމަޖެއްސުމެވެ. ހައްޖަށް ދާ ކޮންމެ ފަރާތަކުން މި ޕްލެޓްފޯމާއި އެޕްލިކޭޝަން ބެނުންކުރުމަށް ސަޢުދީ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއިން ކޮންމެ ޙައްޖުވެރިއަކަށް ބާރުއަޅައެވެ.
ހައްޖުގެ ކޮންމެ ދަތުރުވެރިއަކަށް ޙައްޖުގެ އެންމެހާ މަޝާޢިރުތަކުގައި އުޅެވޭނީ، ނުސުކުގެ ރަސްމީ ހުއްދަ ކާޑު ބޭނުންކޮސްގެނެވެ. ޙައްޖަށް ފުރުމުގެ ކުރިން، ކޮންމެ ޙައްޖުވެރިއަކަށް ނުސުކު ކާޑު ދޫކުރާނެއެވެ. ނުސުކް ކާޑަކީ ހުރިހާ ވަގުތެއްގައި އަޅައިގެން އުޅެންޖެހޭ ކާޑެކެވެ.
މި ކާޑުގައި ޙައްޖުގެވެރިޔާގެ ހުއްދަތަކުގެ މަޢުލޫމާތާއި، އެމީހާއަކީ ފުރިހަމަކުރަންޖެހޭ ހުރިހާ ހުއްދަތަކުގެ ދަށުން ދަތުރުކުރާ މީހެއްކަން ކަށަވަރުކުރެވޭނެއެވެ. އަދި މިއީ ޙާޖީންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މުހިންމު ނިޒާމެކެވެ.
ނުސުކްގެ ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑްކޮށްގެން، ކޮންމެ ސްމާޓް ފޯނަކަށްވެސް ބެނުންކުރެވޭނެއެވެ. މި އެޕްލިކޭޝަން ކޮންމެ ޙައްޖުވެރިއަކު ބޭނުންކުރުމަށް، ރާއްޖޭގެ ޙައްޖުގެ އިދާރީ ފަރާތްތަކާއި ސައުދީއަރަބިއްޔާގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއިން ބާރުއަޅައެވެ.