ތަރައްްޤީ

ހެލްތް މިނިސްޓަރ ޚާއްޞަ ދަތުރުފުޅެއްގައި ޅ.އަތޮޅަށް


މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ސިއްޙީ ޚިދުމަތް ދެއްވާ ތަންތަނުގެ ޙާލަތު ބައްލަވާލައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި ޅ. އޮޅުވެލިފުއްޓާއި އެ އަތޮޅު ކުރެންދޫއަށް ވަޑައިގެން އެ ދެ ރަށުގެ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުންނާއި، ސިއްޙީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ޙައްލުކުރައްވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި، ދަތިތަކާއި ބެހޭގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އަދި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވާ، ހޮސްޕިޓަލަށް އަލަށް އިތުރުކުރެވުނު 5 ބުރީގެ ޢިމާރާތުގެ މަސައްކަތް ބައްލަވާލައްވާފައިވެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.