ޚަބަރު

ސަބްސިޑީ ފޯމާ ގުޅޭގޮތުން އެންސްޕާއިން މަޢުލޫމާތުދެނީ


ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބިދޭންޖެހޭ މީހުން އެހީއަށް އެދި ހުށަހަޅާފޯމާ ގުޅޭގޮތުން ޢާންމުންނަށް މަޢުލޫމާތު ދެއްވުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް އެންސްޕާގެ ފަރާތުން ފަށްޓަވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފަޤީރު ޙާލުގައި އުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކުރައްވާ ދެއްވާ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމާ ގުޅޭގޮތުން މަޢުލޫމާތު ޢާއްމުންނަށް ފަސޭހައިން ފޯރުކޮށް ދެއްވުމަށްޓަކައި، މާލޭގެ ދެ ސަރަޙައްދެއްގައި އެ އެޖެންސީގެ މޭޒުތައް ވަނީ ބަހައްޓާފައެވެ. img:http://s4.psmnews.mv/images/660x400/14754784115091.jpg|ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދެއްވުމަށް އެދޭ ފޯމާ ބެހޭ މަޢުލޫމާތު ދެއްވުން - ފޮޓޯ: ޕީއެސްއެމް

އަދި މި މޭޒުތަކުން އެކަމާގުޅޭ މަޢުލޫމާތު ދެއްވުމުގެ އިތުރަށް ފޯމު ދޫކުރެއްވުމާއި ބަލައިގަތުމުގެ ޚިދުމަތްވެސް ދެއްވާނެ ކަމަށް އެ އެޖެންސީއިން ހާމަކުރައްވައެވެ. އެގޮތުން މޭޒުތައް ބަހައްޓަވާފައި ހުންނަނީ މާލޭގައި ހުންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ޓާރމިނަލްގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރުފަހު 2 ޖަހަންދެނެވެ.