ޚަބަރު

ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލަށް ރާއްޖެ


  • މި އިވެންޓުގެ ފައިނަލުން ޖާގަ ހޯދީ އަލްސާއާއި ޙަލަފްގެ ޕެއާ

  • ފައިނަލަށް ދިޔައީ ސްރީލަންކާ އަތުން މޮޅުވެގެން

އިންޑިއާގައި ކުރިޔަށްދާ ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2026 ގެ 15 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

މި އިވެންޓުގެ ފައިނަލްގެ ޖާގަ ކަށަވަރު ކުރީ ޢާއިޝަތު އަލްސާ ނާފިޒާއި، މުޙައްމަދު ޙަލަފް ރާފިޢުގެ ޕެއާއެވެ. މި ދެކުޅުންތެރިން ސެމީ ފައިނަލުގައި ވާދަކުރީ ސްރީލަންކާއާއެވެ. ސެމީ ފައިނަލްގެ 3 ގޭމްގެ ތެރެއިން ދެ ގޭމް ރާއްޖެއިން ކާމިޔާބުކުރިއިރު ލަންކާއަށް ކާމިޔާބުކުރެވުނީ އެންމެ ގޭމެކެެވެ.

3-1 ގެ ނަތީޖާއަކުން ލަންކާ ބަލިކޮށް ރާއްޖެ ފައިނަލަށް ދަތުރުކުރިއިރު ފައިނަލްގައި ވާދަކުރަން ޖެހޭނީ އިންޑިއާއާއެވެ.

15 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ފައިނަލްގައި ހަލަފާއި އަލްސާ ނިކުންނާނީ އިންޑިއާގެ އަދިއްތިޔާ ދާސް އާއި އަންކޮލިކާ ޗަކްރަބަތީގެ ޕެއާއާ ދެކޮޅަށެވެ. މި އިވެންޓުގެ ފައިނަލް އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރެވެ.