ވިޔަފާރި

ފެނާ ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނުގެ ޝޯ ރޫމެއް ހުޅުވައިފި


މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފެނާ ނަރުދަމާގެ ނިޒާމަށް ބޭނުންވާ ސާމާނުގެ ޝޯ ރޫމެއް މާލޭގައި ހުޅުވައިފިއެވެ. މި ޝޯ ރޫމުން ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތަށް ބޭނުންވާ ސާމާނާއި، އާރްއޯ ސްޕެއާރތަކާއި، ޕީވީސީ އަދި ޕައިޕް އާއި ފިޓިންގްސް ފަދަ ސާމާނު ދައްކާލަން ހުންނާނެއެވެ. އަދި ފެނުގެ ތަޙްލީލުތައް ހެދުމުގެ ޚިދުމަތްވެސް މި ޝޯ ރޫމުން ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ. tw:https://twitter.com/MWSC_Official/status/781171145068261378

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވާ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ، ވިހާވެސް ގާތުން ޚިދުމަތް ދެއްވުން ކަމަށެވެ. އަދި ސަރުކާރުން ޤައުމުގެ ތަރަޢްޤީއަށް ކުރައްވާ މަސައްކަތަށް ބައެއް ފަރާތްތަކުން ހުރަސްއަޅާ، ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނި ނަމަވެސް، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތަށް އެއްވެސް ބުރުލެއް ނާންނާނެ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. tw:https://twitter.com/MWSC_Official/status/781172658339655680

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މި ޝޯ ރޫމް އިތުރަށް ފުޅާކޮށް، މިއަވުރެ ގިނަ ޚިދުމަތް ކުރިއަށް އޮތްތާގައި އެތަނުން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން މި ޝޯ ރޫމް އިތުރަށް ފުޅާކުރުމަށްފަހު "ތާޒާ" ސޭލްސްއަށް މި ޝޯ ރޫމް ބަދަލުކުރާނެ ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. tw:https://twitter.com/MWSC_Official/status/781192855356215296

ފަޒުލް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޕްރޮޖެކްޓްތަކުގެ ތެރެއަށް ސްޓޯމް ވޯޓާ ޕްރޮޖެކްޓްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ޝޯ ރޫމުން ލިބެން ހުންނަ ސާމާނަކީ އެމްޑަބްލިއުއެސްސީ އާ އެފިލިއޭޓްވާ ބްރޭންޑްތަކުގެ ކުންފުނިތަކުގެ ޕްރޮޑަކްޓްތަކެވެ. tw:https://twitter.com/MWSC_Official/status/781158977316892673