ވިޔަފާރި

ޗައިނާއާއެކު މިނިވަން ވިޔަފާރިއާގުޅޭ ފަހުގެ މަޝްވަރާތައް ފަށައިފި


ރާއްޖެއާ ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތް ކުރައްވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބައްދަލުވުމުގެ މަޝްވަރާތައް މިއަދު ހޮންގް ކޮންގްގައި ފަށްޓަވައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ކޮމިޝަނަރ ޖެނެރަލް އިބްރާހީމް ޝަރީފެވެ.

ހޮންގް ކޮންގަށް ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އެކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވަނީ އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭ ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެވޭނެކަމަށް ވިދާޅުވެފައެވެ.

tw:https://twitter.com/EconDevMv/status/780600862020399105

ހޮންގް ކޮންގްގައި މިއަދު ފެއްޓެވި ބައްދަލުވުމުގައި، ކުރިން ބޭއްވެވި ބައްދަލުވުންތަކުގައި ހުށައަޅުއްވާފައިވާ ކަންތައްތަކާމެދު ގޮތެއް ނިންމެވުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭ ހޮންގކޮންގާއެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާއިރު، މިނިސްޓަރގެ މި ދަތުރުފުޅުގައި އެކަމާގުޅޭ މަޝްވަރާތައްވެސް ކުރައްވަން ވަނީ ހަމަޖެހިފައެވެ.