ކުޅިވަރު

އައްސަދު އަލީ ބާކީކޮށް ޤައުމީ ސްކޮޑް އިޢުލާންކޮށްފި


މާޒިޔާގެ މިޑްފީލްޑާރ އައްސަދު އަލީ ބާކީކޮށް އޭޝިއަންކަޕް ކޮލިފައިން ޕްލޭއޮފްގެ ދެވަނަ ލެގުގައި ލާއޯސްއާއި ދެކޮޅަށް ކުޅޭމެޗަށް ގައުމީ ސްކޮޑް އިއުލާންކޮށްފިއެވެ. 

ގައުމީ ސްކޮޑުގެ އިތުރުން ޓީމްގެ ފުރަތަމައެގާރައިންވެސް ގަވާއިދުން ޖާގަ ހޯދަމުން އަންނަ އައްސަދު އަލީއަށް މިފަހަރުގެސްކޮޑުން ފުރުސަތު ނުލިބުނުއިރު، މާޒިޔާގެ އަހުމަދު ނާޝިދަށް މިފަހަރުވަނީސްކޮޑުން ފުރުސަތު ލިބިފައެވެ. ނާޝިދުގެ އިތުރުން ޒުވާން ޑިފެންޑަރ ސަމޫހު އަލީ އަދި އީގަލްސްގެ އުއްމީދީ މިޑްފިލްޑާރ އިބްރާހިމް މުބީނަށްވެސް ކޯޗްވަނީ މިފަހަރުސްކޮޑުން ޖާގަ ދީފައެވެ. މިއީ މުބީން ސީނިއަރ ގައުމީ ސްކޮޑުން ފުރުސަތު ލިބުނުފުރަތަމަ ފަހަރުކަން ފާހަކޮށްލެވެއެވެ. 

ޓީމުން މިފަހަރު ބާކީ ކުރި ކުޅުންތެރިންނަކީ މާޒިޔާގެ ހުސައިން ނިޔާޒް އަދި ގާސިމް ސައްމާމްގެ އިތުރުން އަނިޔާގައި ހުރި ފޯވާޑް ނާއިޒް ހަސަންއެވެ. މިމަހުގެ 11 ވަނަ ދުވަހު ލާއޯސްއާއި ދެކޮޅަށް ކުޅޭ މެޗުގައިފަސް ލަނޑުގެ ތަފާތުން ދިވެހި ޓީމް ބަލިނުވެއްޖެނަމަ ދިވެހި ޓީމަށް 2019 ވަނައަހަރުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. 

މާލޭގައިކުޅުނު ފުރަތަމަ ލެގުގެ މެޗް ދިވެހި ޓީމް ކާމިޔާބުކުރީ ހަތަރެއް ސުމަކުންނެވެ.