ޢީދު ބައިބަލާ 1447ގައި ޖަނަވަރީމަގު ސްޕޯޓްސް ކްލަބް 2 ގޭމުން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ގޭމްގައި ޓީސީއިން ކުޅުނީ އެތެރިންނެވެ. އެތެރެ ގޭމް ޓީސީ ކާމިޔާބުކުރީ 16-3 ނެވެ. މި ގޭމްގައި އެންމެ ރަނގަޅަށް ކުޅުނީ ޓީސީގެ މުހައްމަދު ސައިފުﷲއެވެ. ސައިފުﷲ ވަނީ 3 ކުޅުންތެރިން ހިފަހައްޓާލާފައެވެ. މީގެއިތުރުން އިސްމާއިލް ރަޝީދު ވަނީ 2 ކުޅުންތެރިން ހިފަހައްޓާލާފައެވެ.
ދެވަނަ ގޭމް ބޭރުން އަރާ ޓީސީއިން ކާމިޔާބުކުރީ 6-5 އަކުންނެވެ. މިގޭމުގައި ޓީސީގެ މުހައްމަދު އިކްރާމް ވަނީ 2 ކުޅުންތެރިން ނުބައިކޮށްފައެވެ.
މިނަތީޖާ އާއެކު ޖަނަވަރީމަގު ސްޕޯޓްސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ.