ޚަބަރު

މ.ފީއަލި ޒަކަރިއްޔާ ޙަމީދު އަވަހާރަވެއްޖެ


ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ފ.އަތޮޅަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއްކަމަށްވާ މ.ފީއަލި ޒަކަރިއްޔާ ޙަމީދު އަވަހާރަވެއްޖެއެވެ.

މަރްޙޫމް ޒަކަރިއްޔާ ޙަމީދަކީ، ފ.އަތޮޅު ފީއައްޔަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އަވަހާރަވީ މުސްކުޅިފުޅުވުވުމުގެ އާލާސްކަންފުޅުގައި، ފ. ނިލަންދޫގައި ހުންނަ އެއަތޮޅު އަތޮޅު ހޮސްޕިޓަލްގައި އިއްޔެއެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 87 އަހަރެވެ.

img:http://s3.psmnews.mv/images/660x400/14747919113624.jpg|މ.ފީއަލި ޒަކަރިއްޔާ ޙަމީދު-

މަރުޙޫމް ޒަކަރިއްޔާ ޙަމީދު އެކި ފަހަރުމަތިން އެކި މަޤާމުތަކުގައި 43 އަހަރު، ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާފައިވެއެވެ. އޭނާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި ފ.ފީއަލީ ކަތީބުކަމާއި އަނީމިއްޔާ ސްކޫލްގެ މުދައްރިސްކަމާއި ފ.އަތޮޅުގެ އަތޮޅުވެރިކަމާއި އ.އަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް ޕްރޮވިންޝަން އެފެއަރޒް އަދި ފަހުން މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ވަކީލުކަމާއި ސީނިއަރ އަންޑަރ ސެކްރެޓަރީކަމާއި ޑިރެކްޓަރކަން ހިމެނެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ފައިނޭންސްކަމާއި ޖަސްޓިސް މިނިސްޓްރީގެ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަންކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

މަރުޙޫމް ޒަކަރިއްޔާ ޙަމީދު އަވަހާރަވިއިރު، 3 އަންހެން ބޭފުޅުންނާއި އަނބިކަނބަލަކު ދުނިޔޭގައި އެބަތިއްބެވިއެވެ.