ކުޅިވަރު

އެނބުރި އައިސް ކުޅުން ފެށުމާއެކު ނޯޔާގެ ކުޑަކަޅުވާ އަށް ތަދުވެއްޖެ


އަނިޔާއިން ރަނގަޅުވެގެން އައިސް ކުޅެނެ ފެށުމާއު ބަޔާން މިއުނިކްގެ ގޯލް ކީޕަރު މެނުއަލް ނޯޔާ އަށް އަނެއްކާ ވެސް އަނިޔާ ވެއްޖެ އެވެ.

ނޯޔާ އަށް މި ފަހަރު އަނިޔާވީ ރޭ ޖަރުމަނު ލީގުގައި ބޮރޫޝިޔާ މޮންޗެންގްލަޑްބަޗް އަތުން ބަޔާން 4-އިން މޮޅުވި މެޗުގަ އެވެ. އޭނާގެ ކުޑަކަޅުވާ އަށްވި މި ތަދާއެކު ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި އިޓަލީގެ އެޓްލާންޓާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

މިއީ އުމުރުން މިހާރު 41 އަހަރުގެ ކީޕަރަށް ފާއިތުވެދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އަނިޔާވި ދެ ވަނަ ފަހަރެވެ. މި ފަހަރު އޭނާ ކުޅެން މި ފެށީ ހުސްވި މަހު ވާޑަ ބްރޭމަން އަތުން ބަޔާން 3-0އިން މޮޅުވި މެޗުގައި ކުޑަކަޅުވާ އަށް ވި އަނިޔާ ރަނގަޅު ވުމުންނެވެ.

ނޯޔާ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދިން އަދި ފާއިތުވެދިޔަ ބޮޑެތި މުބާރާތްތަކުގައި އެ ގައުމުގެ އެއްވަނަ ކީޕަރުކަން ކުރި މީހާ އެވެ. ޖަރުމަނުގެ ގައުމީ ކީޕަރުކަން އެފަހުން ކުރަން ފެށި މާކް އަންދްރޭ ޓާސްޓެގަން ވެސް އަނިޔާއިން އަރައި ނުގެނެ އުޅޭތީވެ ނޯޔާ އަލުން ގައުމީ ޓީމަށް ގެނައުމަށް ގައުމީ ޓީމުން ވެސް ވިސްނި ނަމަވެސް އޭނާ ވަނީ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަންނަ ޖޫނަ މަހު ފަށާ ވޯލްޑް ކަޕަށް އޭނާ ވިސްނުން ބަދަލު ކުރަން ގައުމީ ޓީމުގެ އޮފިޝަލުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމަކު ގާތްގާތުގައި އަނިޔާވުމަކީ މައްސަލައަކަށް ވާނެ އެވެ.