ޓުއަރިޒަމް

އަންނަ ހޮނިހިރު ދުވަހު ގެސްޓްހައުސް ކޮންފަރެންސް ފަށަނީ


ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016 ގެ އެންމެ ފަހުގެ ތައްޔާރީތަށް މިހާރުވެ ނިމިފައިވާކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ގެސްޓްހައުސް ކޮންފަރެންސް ކަމަށްވާ "ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016" ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހު ދަރުބާރުގޭގައެވެ.

މޯލްޑިވްސް ގެޓަވޭސްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޑރ. ޙުސައިން ސަނީ ޢުމަރު ވިދާޅުވި ގޮތުގައި ކޮންފަރެންސްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މި ކޮންފަރެންސް 160 އަށްވުރެ ގިނަ ގެސްޓްހައުސްތަކުގެ ވެރިންނާއި ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016 ގެ 15 ޕާޓްނަރުން ބައިވެރިވާނެއެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު އޮންލައިން ޓްރެވަލް އެޖެންސީ ކަމަށްވާ ބުކިންގްޑޮޓްކޮމް، އަގޯޑާ، އެކްސްޕީޑިއާ ގެ އިތުރުން އެމެރިކަން އެކްސްޕްރެސްއާއި އެކްސިސް ރޫމްސްގެ ތަޖުރިބާކާރުންވެސް މި ކޮންފަރެންސްގައި ވާހަކަ ދައްކާގޮތަށްވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގެޓަވޭސްއިން ބުނީ ބީއެމްއެލް ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސް 2016 ގެ ޕާޓްނަރުން މި ކޮންފަރެންސްގައި ގެސްޓްހައުސް އިންޑަސްޓްރީއަށް ޚާއްޞަ ޚިދުމަތްތަކެއް ތަޢާރަފްކުރުން ކުރިޔަށްދާނެއެވެ. އަދި ޚާއްޞަ ލަކީ ޑްރޯއެއް ނެގުންވެސް ކުރިއަށްދާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން މަޢުލޫމާތުދެއެވެ.