ވިޔަފާރި

ބަންގްލަދޭޝް ވިޔަފާރިވެރިންގެ ޝައުގުވެރިކަން ރާއްޖޭގެ ބާޒާރަށް


ރާއްޖެއަށް ބައެއް ބާވަތްތަކުގެ މުދާ ގެނައުމުގެ ޝައުގުވެރިކަން ބަންގްލަދޭޝްގެ ވިޔަފާރިވެރިން ފާޅުކޮށްފިއެވެ.

ރާއްޖެއަށް އެތެރެކުރުމަށް ބަންގްލަދޭޝްގެ ވިޔަފާރިވެރިން ހުށަހަޅާފައިވާ ތަކެތީގެ ތެރޭގައި ތަރުކާރީގެ ބާވަތްތަކާއި ބޭހުގެ ބާވަތްތަކާއި، ހިލަވެއްޔާއި، ތަފާތު ވައްތަރުގެ އަލުވި އަދި އެއްގަމުމަސް ހިމެނޭއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިހާރު މި ބާވަތްތައް ބަންގްލަދޭޝުން ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ރާއްޖޭގެ ފަރާތްތައް ބެއްލެވުމަށް އިޢުލާންކުރައްވާފައެވެ.

ބަނގްލާދޭޝްއިން މި ބާވަތްތައް އިމްޕޯޓްކުރަން ޝައުޤުވެރިވާ ފަރާތްތަކުން، ނަމާއި ތަފްޞީލު، ކޮންޓެކްޓް ނަންބަރު [email protected] އަށް މެއިލްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.