ޚަބަރު

އިންޑިއާގައި އިއްޔެ ދިން ޙަމަލާ ސަރުކާރުން ކުއްވެރިކުރައްވައިފި


ހަތިޔާރުއެޅި ބަޔަކު އިންޑިޔާގެ އަސްކަރީ މަރުކަޒަކަށް އިއްޔެ ދިން ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުންކުއްވެރިކުރައްވައިފި.

މި ޙަމަލާކުއްވެރިކުރައްވައި ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައި، ޓެރަރިޒަމަކީ މިސަރަޙައްދަށާއި، މުޅި ދުނިޔޭގެ ޞުލްޙައާއި، ސަލާމަތާއި ޑިމޮކްރަސީއަށް އޮތްނުރައްކަލެއްކަމަށް ބަޔާންކުރައްވާފައިވޭ. އަދި ދިވެހި ރާއްޖެއިން އަބަދުވެސްޓެރަރިޒަމް ކުއްވެރިކުރައްވާކަމަށާއި، ޚާއްޞަކޮށް ޤައުމަކަށް ބޭރުން އަންނަ ޓެރަރިޒަމްގެޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވަމީގޮތުން ކުރަމުންދާ މަސައްކަތަށްރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ތާއީދުކުރާ ކަމަށްވެސްބަޔާންކުރައްވާފައިވޭ.

މި ބަޔާނުގައި،ޓެރަރިޒަމާ ދެކޮޅަށް އިންޑިއާގެ ސަރުކާރާއި ރައްޔިތުން ކުރަމުންދާ މަސައްކަތުގައިދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށްބަޔާންކުރައްވާފައިވޭ. އަދި އިއްޔެގެ ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށްދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާކަމަށްވެސް މިބަޔާނުގައިވޭ.

އިއްޔެ ހަތިޔާރުއެޅި ބަޔަކު،އިންޑިއާއާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި ހުރި އިންޑިއާ ސިފައިންގެމަރުކަޒަކަށް ދިން ޙަމަލާގައި ސިފައިންގެ 17 މީހުން މަރުވެ، ސިފައިން 20 މީހުން ޒަޚަމްވެފައިވޭ.

މިއީ 2014 ވަނަ އަހަރުންފެށިގެން މިހާތަނަށް ކަޝްމީރުގެ ދެކުނުގެ ސަރަޙައްދުގައި ދީފައިވާ އެންމެނުރައްކާތެރި އެއް ޙަމަލާ. ޕާކިސްތާނާއި އިންޑިއާގެ ލައިން އޮފް ކޮންޓްރޯލްކައަރީގައި އޮންނަ ޔުރީ ސަރަޙައްދުގައި ދިން މިޙަމަލާގައި، ހަތިޔާރުއެޅިހަނގުރާމަވެރިންގެ ތެރެއިން 4 މީހުންވެސް މަރުވެފައިވޭ