ދުނިޔެ

އިންޑިޔާ ސިފައިންނަށް ދިން ޙަމަލާއެއްގައި 17 ސިފައިން މަރުވެއްޖެ


ހަތިޔާރުއެޅި ބަޔަކު، އިންޑިއާއާއި ޕާކިސްތާނުގެ ބޯޑަރު ކައިރީގައި ހުރި އިންޑިއާ ސިފައިންގެ އެޑްމިނިސްޓްރޭޓިވް މަރުކަޒަކަށް ދިން ޙަމަލާއެއްގައި 17 ސިފައިން މަރުވެއްޖެއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކަޝްމީރުގެ ދެކުނުގެ ސަރަޙައްދުގައި ދީފައިވާ އެންމެ ނުރައްކާތެރި އެއް ޙަމަލާއެވެ. ޕާކިސްތާނާ އިންޑިއާގެ ލައިން އޮފް ކޮންޓްރޯލް ކައަރީގައި އޮންނަ ޔުރީ ސަރަޙައްދުގައި ދިން މިޙަމަލާ ދިނުމުގައި ޙަރަކާތްތެރިވި ހަނގުރާމަވެރިންގެ ތެރެއިން 4 މީހުންވަނީ މަރުވެފައެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔަނެއްގައި ބުނެފައިވަނީ ހަތިޔާރު އަޅައިގެން ތިބި ހަނގުރާމަވެރިން ހުއްޓުވުމަށް ޙަމަލާ ބަދަލްކުރުމުގެ ތެރޭގައި އެމީހުންގެ 17 ސިފައިން މަރުވެފައިވާ ކަމަށެވެ. އަދި އިތުރު 20 ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ.