މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.
މިކަން ކަނޑައަޅުއްވާފައިވަނީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރުއްވާ ބަޔާން އިއްވަވަމުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ވިދާޅުވީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ޤައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރުވެފައވާތީއާއި، ބޮޑެތި އިސްލާމީ ޤައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިކަން ކަނޑައާޅާފައިވަނީ، ރާއްޖޭގައި ރަމަޟާން މަހާޢި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް މިބަޔާނުގައިވަނީ ވިދާޅުވެފައެވެ.
ރަމަޟާން މަހުގެ ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ޔަޤީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ޢިއުލާން ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ފަޔަރިންގ ސްކޮޑުން ވަނީ ބަޑި ޖަހާފައެވެ. ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައެވެ.