ދުނިޔެ

އެހީގެ ތަކެތި ހިފައިގެންދިޔަ ޓްރަކްތަކަށް ސޫރިޔާއަށް ނުވަދެވިފައި


ސޫރިޔާގެ ރައްޔިތުންނަށް އެހީ ހިފައިގެން ދިޔަ ސާޅީހަކަށްޓްރަކް ތުރުކީ ބޯޑަރު ކައަރީގައި އަދިވެސް ތާށިވެފައި އެބަތިބިކަމަށް އދ.ން ބުނެފިއެވެ.

އދ.ން ބުނީ ސޫރިޔާގެ ހަލަބުގައި އެހީއަށްބޭނުންވެފައިވާ ބައިމިލިއަން މީހުން އެބަތިބިކަމަށެވެ. އަދި މިމީހުންނަށް އެހީފޯރުކޮށްދިނުމަށް 40 ޓްރަކުގައި ތަކެތި ފޮނުވާފައިވީނަމަވެސް، އެހީ ފޯރުކޮށްދިނުމަށްރައްކާތެރި މާޙައުލެއް އަދިވެސް ފަހިކުރެވިފައި ނުވާތީ ޓްރަކްތައް ތުރުކީ ބޯޑަރުކައަރީގައި މަޑުކޮށްގެން އެބަތިބިކަމަށެވެ.

އދ.ން ބުނީ ސޫރިޔާގެ ކަމާބެހޭ ފަރާތްތަކުންޓްރަކްތައް އެހީ ބޭނުންވާ ސަރަޙައްދުތަކަށް ދިއުމަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދޭންޖެހޭކަމަށެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށްޙަމަލާ ނުދޭނެކަމުގެ ޔަޤީންކަންވެސް ލިބެން ޖެހޭކަމަށެވެ.

ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެއެއްބަސްވުން މިހާރު ތަންފީޒުކުރަމުން ދިޔަނަމަވެސް ބައެއް ސަރަޙައްދުތަކުގައިއަދިވެސް މަދުމަދުން ޙަމަލާތައް ބަދަލުކުރަމުންދެއެވެ. މިގޮތުން ހަލަބަށް ދާންއޮންނަ ކޮސްޓެލޯ ރޯޑަކީވެސް ޙަމަލާތައް ބަދަލުކުރުން ހުއްޓާލާފައިނުވާ ސަރަޙައްދެއްކަމަށްއދ.ން ބުނެއެވެ.