ދުނިޔެ

ތޫފާން "މެރާންޓީ"ގެ ސަބަބުން ޗައިނާއިން 7 މީހުން މަރުވެއްޖެ


ތޫފާން "މެރާންޓީ"ގެ ސަބަބުން ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި 7 މީހުން މަރުވެ، 9 މީހުން ގެއްލިއްޖެއެވެ.

ތޫފާން މެރާންޓީގެ އަސަރު މިސަރަޙައްދަށް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ތޫފާންގެ ސަބަބުން މިސަރަޙައްދުގައި ވަރަށް ވައިގަދަވެ، ބޯކޮށްވާރޭވެހި ފެންވެސް ބޮޑުވެފައިވެއެވެ.

ފުޖިއަން ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުގައި އުޅޭ 704،000 މީހުންނަށް މިތޫފާންގެ އަސަރު ކޮށްފައިވާއިރު، މީގެ ތެރެއިން 331،000 މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލްކުރަން ޖެހިފައެވެ. ތޫފާނުގެ ސަބަބުން ފުޖިއަން ޕްރޮވިންސްގެ އެކި ސަރަޙައްދުތަކުން 1600 އިމާރާތް ހަލާކުވެފައިވެއެވެ. އަދި 22،200 ހެކްޓަރުގެ ދަނޑުބިންވެސް ވަނީ ހަލާކުވެފައެވެ.

img:http://s1.psmnews.mv/images/660x400/14740398037465.jpg|ޗައިނާގައި ތޫފާންގެ އަސަރުކޮށްފައިވާ ސަރަހައްދަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ޒިންހުއާ

ޚަބަރުތައް ބުނާގޮތުގައި ފުޖިއާން ޕްރޮވިންސަށް ތޫފާނުގެ ސަބަބުން 1.7 ބިލިއަން ޔުއާންގެ ގެއްލުންވެފައިވެއެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ނޭޝަނަލް އެފެއާރޒުން ވަނީ ފުޖިއާންގައި ރެސްކިއު މަސައްކަތްކުރުމަށް އެތައް ސަތޭކަ އޮފިޝަލުންނެއް ފޮނުވާފައެވެ.

ފުޖިއާންގެ ޕްރޮވިންޝަން ސަރުކާރުން ވަނީ މިތޫފާނުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ފޫބެއްދުމަށް މިހާތަނަށް 60 މިލިއަން ޔުއާން ކަޑައަޅާފައެވެ.